ދަރުމަވަންތަ ހޮސްޕިޓަލް، ކައިރި މޫދުން ޒަހަމްތަކަކާ އެކު، ފެނުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް، މިއަދު ނިޔާވެއްޖެއެވެ.
އުމުރުން 55 އަހަރުގެ އެ މީހާ ނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ނިޔާވީ ބޮލަށް ލިބިފައިވާ ފުން ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް އައިޖީއެމްއެޗްގައެވެ.
މިއަދު މެންދުރު މޫދުން އޭނާ ނަގައިގެން، ފުލުހުން ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ފުލުހުން ބުނީ އޭނާގެ ބޮލަށް ޒަހަމްތަކެއް ލިބުނީ ކަނޑު އުޅަދެއްގައި ޖެހުމުން ކަމަށެވެ.
ނަމަވެސް އެ ވަގުތު އޭނާ މޫދަށް ފައިބައި އުޅުނީ ކީއްވެގެން ކަމެއް، ނޭނގެއެވެ. އަދި އޭނާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު