ރައްޔިތުން މަޖިލީހުގެ މި ހިނގާ ދައުރު، ދަންމާލުމަށް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އަންނަ މަހުގެ 15ވަނަ ދުވަހާއި ހަމައަށް މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލުމަށް ވޯޓަށް އައްސަވައިފައެވެ.
ވޯޓުގައި ޖުމްލަ 79 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އޭގެތެރެއިން 68 މެންބަރުން ވޯޓު ދެއްވީ މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލުމަށެވެ. 11 މެންބަރުން ވޯޓު ދެއްވީ ދައުރު ދަންމާލަން ނުފެންނަ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގައި ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. މަޖިލީހުގެ މި ހިނގާ ދައުރު މިމަހުގެ 30ވަނަ ދުވަހަށް ހަމަވާނެއެވެ.
މީގެކުރިން ވެސް ބައެއް މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު ދަންމާލާފައި އެބަހުއްޓެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް