އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ބަޖެޓު ދިރާސާކުރި ކޮމެޓީން ވަނީ 12 ކަމެއް ރިކަމަންޑޭޝަންގެ ގޮތުގައި ހިމަނައިފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ތަފްސީލެއް ނެތެވެ. އެހެންކަމުން ބަޖެޓު ކޮމެޓީން ވަނީ ބަޖެޓުގެ ތަފްސީލުތައް އަންނަ ފެބްރުއަރީ މަހު، މަޖިލީހަށް ހިއްސާކުރަން ޝަރުތު ކޮށްފައެވެ. ނަމަވެސް މަޖިލީހުން މިއަދު ބަޖެޓު ފާސްކުރިއިރު އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް ވަނީ އުނިކޮށްފައެވެ.
ބަޖެޓު ދިރާސާކުރި މަރުހަލާގައި މަޖިލީހުން ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެ އެވެ. ބަޖެޓު ކޮމިޓީން ބަޖެޓު ފާސްކުރީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން 70 މެންބަރުން ވޯޓު ދެއްވިއިރު ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 11 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާގެ އިތުރުން ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއެވެ. އަދި ކެބިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ