ބްރޯޑްކާސްޓަރުންނާއި ނޫސްމަޖައްލާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ޕީއެންސީގެ މަޖިލިސް މެންބަރަކު އަމިއްލަފުޅު ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު އެ ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލާއި ގުޅިގެން ބިލާއި ގުޅިގެން މީޑިއާތަކާއި ނޫސްވެރިން ވަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އަދި އެ ބިލާ ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސް ނަގައިގެން ކެމްޕެއިނެއް ވެސް ވަނީ ފަށައިފައެވެ.
ބިލާ ދެކޮޅަށް އެމްޖޭއޭ ފެށި ހަރަކާތަށް ދީފައިވާ ނަމަކީ "ހަތަރެއްގެ ހައްގުގައި" އެވެ. އެ ނަމުގެ މާނައަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަން ކަމަށާއި ނޫސްވެރިކަމުގެ ހައްގުގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.
އެ ބިލު އަނބުރާ ގެންގޮސްފައިވާއިރު ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ސަރުކާރަށް އެއް އަހަރުވެގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ އަށް ފަހު ނޫސްވެރިޔަކު ރައީސާ އެ ބިލާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ބިލު އަނބުރާ ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ