ރާއްޖެ ހިމެނޭ ސަރަހައްދުގައި ދެ ކޮޅިގަނޑެއް އުފެދިފައި ވާތީ ކުރިޔަށް އޮތް ފަސް ދުވަހު ވައި ބާރު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އަދި އެ ކޮޅިގަނޑުގެ ބާރު ކުރިޔަށް އޮތް 24 ގަޑިއިރު އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އެކޮޅިގަނޑު ދަތުރު ކުރާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާގެ ޓަމިލްނާޑު އަދި ސްރީލަންކާއާ ހިސާބަށް ކަމަށް ވެސް މެޓުން ބުންޏެވެ. މި ކޮޅިގަނޑުގެ އިތުރުން ވެސް ރާއްޖެ ސަރަހައްދުގައި އިތުރު ކޮޅިގަނޑެއް ވަނީ އުފެދިފައެވެ.
މެޓުން ބުނީ އެއީ ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއް ކަމަށެވެ. އެހެންކަމުން މި ދެކޮޅިގަނޑާއި ގުޅިގެން ކުރިޔަށް އޮތް ފަސް ދުވަހު އާއްމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ