އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
މިމަހުގެ 12ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ މައްސަލާގައި އިއްޔެ ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު ވަކިކުރަން ނިންމިއެވެ.
ނަމަވެސް މިއަދު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި ފާސްކުރީ އީސީގެ ނާއިބު ރައީސް ނަޝާތާއި މެންބަރު އާސިފް މަގާމުން ވަކިކުރާށެވެ. ކޮމިޝަނުގެ މެންބަރު ޑރ. ޒާހިރު މަގާމުން ވަކިކުރާކަށް ނުނިންމައެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ނަޝާތު މަގާމުން ވަކިކުރުމަށް ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ. އޭނާ މަގާމުން ވަކިނުކުރާން 10 މެންބަރަކު ވޯޓު ދެއްވިއެވެ. އިލެކްޝަންގެ މެންބަރުކަމުގައި ހުންނެވި އާސިފް މަގާމުން ވަކި ކުރެއްވުމަށް 68 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކިކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ނަމަވެސް އީސީގެ މެންބަރު ޒާހިރު މަގާމުން ވަކި ކުރުމަށް ނެގި ވޯޓުގައި 70 މެންބަރުން ވޯޓު ދެއްވީ އޭނާ މަގާމުގައި ބެހެއްޓުމަށެވެ. އެހެންކަމުން އޭނާގެ މަގާމެއް ނުގެއްލެއެވެ.
ޒާހިރު އީސީގެ މެންބަރުކަމުން ވަކި ނުކުރާން ނިންމިއިރު އޭނާ އަށް ވެސް ކުރަނީ ނަޝާތާއި އާސިފް އަށް ކުރަމުން ދިޔަ ތުހުމަތުތަކެވެ. މި ތިން ބޭފުޅުންނަށް ވެސް 19 ތުހުމަތެއް ވަނީ ކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ތިން ބޭފުޅުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ސޮއި ލިސްޓު ރައީސް އޮފީހަށް ފޮނުވި ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ