އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނާއިބު ރައީސް އަބްދުލް ސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދު މަގާމުން ވަކި ކުރެއްވުމަށް ނިންމާފައި ވަނިކޮށް، އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި މި ދެ ބޭފުޅުން ވަކި ކުރުމަށް ވަނީ ނިންމައިފައެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި އެ ދެބޭފުޅުން ވަކި ކުރުމަށް ވޯޓަށް އަހާނެއެވެ. ނަމަވެސް އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.
އެހެންކަމުން ސަލާމާއި ތޯހާ މަގާމުން ވަކި ކުރުމަށް ނަގާ ވޯޓު ނުނަގާނެކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މިއަދުގެ ޖަލްސާގައި އިއުލާން ކުރައްވައިފައެވެ.
އޭސީސީގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ސަލާމަށް އެންމެ ބޮޑަށް ކުރައްވާ ތުހުމަތަކީ މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްއާ ގުޅޭ މައްސަލަތައް އޭސީސީން ތަހުގީގުކުރުން ހުއްޓުވިކަމުގެ ތުހުމަތެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ