އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު، ފާސްކުރުން މިއަދު އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ބަޖެޓުގެ މަސައްކަތް ނިންމާފައި ވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިދިޔަ މަހުގެ 31ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކުރީ ހުށަހަޅާފައިވާ ގޮތަށެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ތަފްސީލު ނެތުމުން، ބަޖެޓުގެ ތަފްސީލުތައް މަޖިލީހަށް ހިއްސާކުރަން ޝަރުތު ކޮށްފައިވެއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ބަޖެޓު ފާސްކުރީ 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓާއެކުގައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާގެ އިތުރުން ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއެވެ. އަދި ކެބިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު