ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލް ނުވަތަ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑެވެ.
ޕޯޗުގަލްގެ މެޑީރާގައި ބޭއްވި ހަފްލާގައި އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. މިއީ މި އެވޯޑު ރާއްޖޭން ހޯދި ފަސްވަނަ ފަހަރެވެ.
އެ އެވޯޑު ރާއްޖެއަށް ލިބުމާއި ގުޅިގެން މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެވޯޑު ރާއްޖެ އަށް ލިބިފައި މިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެންމެންގެ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މިއީ ރާއްޖެ އަށް ލިބިގެންދިޔަ ފަހުރެއް ކަމަށް ވިދާޅުވިއެވެ.
މި އެވޯޑުގެ އިތުރުން ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ރާއްޖެއަށް ލިބިގެން ގޮސްފައެވެ.
މިއަހަރު ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް ހަތަރު އެވޯޑެއް ލިބިފައިވެއެވެ.
އެއީ އިންޑިއަން އޯޝަން ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ