މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސަރަހައްދަށް ވަގަށް / ގާނޫނާއި ގަވާއިދާއި ހިލާފަށް އެތެރެވި ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި ސަލާމަތީ ބާރުތަކުން ރޭ އަތުލައިގެންފައިވާތީ އެކަމާއި ގުޅިގެންނެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ސަލާމަތީ ބާރުތަކުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ކަމަށެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް. ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާ އިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސް ބޯޓު ހިފެހެއްޓީ ހދ. މަކުނުދޫ ބޭރުން ކަމަށެވެ. ކޯސްޓް ގާޑުން އެ ބޯޓު ހިފެހެއްޓީ ރޭ 12:45 ހާއިރު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ލަންކާގެ ފަސް ފިރިހެނުން ތިބި އެ މަސް ބޯޓު ހިފެހެއްޓީ އެމްއެންޑީއެފް އަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. އެ ބޯޓު މިހާރު އޮތީ ހދ. ކުޅުދުއްފުށީ ބަނދަރުގައެވެ.
އެ ބޯޓު ބަލާ ފާސް ކޮށްފައި ވަނީ ފުލުހުންނާއި އެމްއެންޑީއެފް އިންނެވެ. ސީޕީ ފާހަގަކުރެއްވި ގޮތުގައި އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުއްޓެވެ.
އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								