ރާއްޖޭގެ ސަރަހައްދަށް ވަގަށް / ގާނޫނާއި ގަވާއިދާއި ހިލާފަށް އެތެރެވި ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ވަނީ ހިއްސާ ކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސް ބޯޓު ހިފެހެއްޓީ ހދ. މަކުނުދޫ ބޭރުން ކަމަށެވެ. ކޯސްޓް ގާޑުން އެ ބޯޓު ހިފެހެއްޓީ ރޭ 12:45 ހާއިރު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ލަންކާގެ ފަސް ފިރިހެނުން ތިބި އެ މަސް ބޯޓު ހިފެހެއްޓީ އެމްއެންޑީއެފް އަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. އެ ބޯޓު މިހާރު އޮތީ ހދ. ކުޅުދުއްފުށީ ބަނދަރުގައެވެ.
އެ ބޯޓު ބަލާ ފާސް ކޮށްފައި ވަނީ ފުލުހުންނާއި އެމްއެންޑީއެފް އިންނެވެ. ސީޕީ ފާހަގަކުރެއްވި ގޮތުގައި އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުއްޓެވެ.
އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު