މާލޭގެ އަމީނީމަގުގައި ހުންނަ ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފްތައް މިސްކިތުގެ އެކި ތަންތަނަށް އުކާލާ، މިސްކިތަށް އެކިވަރުގެ ގެއްލުންތައް ދީފިއެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ ޝެއިހް އާދަމް ނިޝާނެވެ. ފޭސްބުކްގައި ޝެއިހް ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކޮށްފައި ވަނީ ފުރުގާން މިސްކިތުގައި އަބަދުހެން ނަމާދުގަޑިތަކުގައި ވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށެވެ.
"މިއަދުގެ ފަތިސް ނަމާދު ކުރިން ވަނީ ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައެވެ،" ޝެއިހް ވިދާޅުވިއެވެ.
ޝެއިހް ނިޝާން ވިދާޅުވި ގޮތުގައި މިއީ އެ މީހާ މިސްކިތަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ވެސް އެކި ފަހަރުތައް މަތިން މުސްހަފްތައް އުކާލުމާއި އެފަދަ އެތައް ކަމެއް އޭނާ ވަނީ ކޮށްފައެވެ. ޝެއިހްގެ ކަންބޮޑުވުމަކީ ސީސީޓީވީ ކެމެރާތައް ހަރުކޮށްގެން އެކަންކަން ބަލަން އޮންނަ ފަރާތް ކަމަށްވާ މާލެ ސިޓީ ކައުންސިލުން އެކަންކަން ނުބެލުމެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅެއް ނެތީތޯ ވެސް ސުވާލު އުފެއްދެވިއެވެ.
"މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ،" ޝެއިހް ނިޝާން ވިދާޅުވިއެވެ.
ރޭ ހިނގާދިޔަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ ފަތިސް ނަމާދު ފަހުން މިސްކިތަށް ގޮސް މައުލޫމާތި އޮޅުން ފިލުވައި ގެއްލުން ދިން ތަންތަނުގެ ފޮޓޯ ނަގައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް