ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ނ. މާފަރަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ނ. މާފަރުގައި ފެންބޮޑުވެ، 5 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ގެއްލުން ލިބުނު އެއް ގެއެއްގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް މާފަރު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.
ރަށު ކައުންސިލާއި، ފުލުހުންނާއި އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު، ޕަންޕް ބޭނުންކޮށްގެން ރަށު ތެރެއިން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މިއަދު ހެނދުނު މެޓުން ވަނީ ށ. އަތޮޅުން ވެސް ބ. އަތޮޅުގެ ރަށްތައް ހިމެނޭހެން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ