އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު 2021ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ ދެ މީހުންނަށް ތުހުމަތު ކުރަނީ އެ މީހުން ލޯބީގެ ގޮތުން އުޅުމުގެ ތެރޭގައި ލަމްހާ މަރާލި ކަމަށް ބުނެ އެވެ. ނަމަވެސް މި މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމުގެ ތެރެއަށް ހައި ކޯޓުން ވަންނަން ޖެހޭ ހާލަތެއް އެ މައްސަލާގައި ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.
އެ މައްސަލާގައި ލަމްހާ ދޫކޮށްލި ނަމަވެސް މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި