ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ މި އިސްލާހު، މިއަދު ހަވީރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފާސްކުރީ 78 މެންބަރުންގެ ވޯޓުންނެވެ.
ގާނޫނުއަސާސީގެ ފަސް މާއްދާއެއް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި އެންމެ ބޮޑު އިސްލާހަކަށް ހުށަހަޅާފައި ވަނީ މެމްބަރުންގެ ޝަރުތުތައް ތަފްސީލު ކުރުމަށް ބަޔާންކުރާ މާއްދާއެވެ.
އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި އުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަސްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަކީ ވެސް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަލަށް ހުށަހަޅާ އިސްލާހުގައިވެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ