އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު، ކޮމެޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިދިޔަ މަހުގެ 31ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކުރީ ހުށަހަޅާފައިވާ ގޮތަށެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ތަފްސީލު ނެތުމުން، ބަޖެޓުގެ ތަފްސީލުތައް މަޖިލީހަށް ހިއްސާކުރަން ޝަރުތު ކޮށްފައިވެއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ބަޖެޓު ފާސްކުރީ 19 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓާއެކުގައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިމެނެނީ 49.2 ބިލިއަން ރުފިޔާގެ އިތުރުން ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއެވެ. އަދި ކެބިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ