ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުން އަންނަ އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުން އަވަސް ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރު ބަލައިގަތުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) ވޯޓު ދެއްވައިފިއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޓޮމް މިގޮތަށް ވޯޓު ދެއްވި ނަމަވެސް ޕީއެންސީން މި މައްސަލާގައި ދީފައި ވަނީ ގަރާރު ބަލައިގަތުމާއި ދެކޮޅަށެވެ.
ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ޕީއެންސީގެ 63 މެންބަރުން ވޯޓު ދެއްވި އެވެ.
ޓޮމްގެ އިތުރުން އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާނެވެ. އެމްޑީޕީގެ 12 މެންބަރުން ވެސް ވޯޓު ދެއްވީ ގަރާރު ބަލައިގަތުމާއި އެއްކޮޅަށެވެ.
ޕީއެންސީއާ ދެކޮޅަށް ޓޮމް ވޯޓު ދެއްވިއިރު ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ވެސް ޓޮމް ވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރުތައް ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހުމުން އެކަމާއި ދެކޮޅު ހަދާ ވިޔަފާރިވެރިންނަށް ޖެއްސުން ކުރުން ހުއްޓާލުމަށް ސަރުކާރު މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ގޮވާލައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ޓޮމްގެ އެބަހުރި ހިތްވަރު. އެޅިހާާ ބަތަކަށް ރިހަވާ ކަށް ނުޖެހޭ.ވ.ވ.ވ.ވރަށް ބޮޑަށް ޝުކުރިއްޔާ ޓޮމް
އާމިނާ