ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާ ބިލު ފާސް ކުރުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މިއަދު ހަވީރު އޮންނަ ޖަލްސާގެ އެޖެންޑާ ނެރެފައެވެ. ޖަލްސާ އޮތީ ހަވީރު 17:30ގައެވެ.
މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ގާނޫނުއަސާސީގެ ފަސް މާއްދާއެއް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލުގައި އެންމެ ބޮޑު އިސްލާހަކަށް ހުށަހަޅާފައި ވަނީ މެމްބަރުންގެ ޝަރުތުތައް ތަފްސީލު ކުރުމަށް ބަޔާންކުރާ މާއްދާއެވެ.
އިސްލާހު ކުރުމަށް ހުށަހަޅާ ބިލުގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި އުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެމްބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަސްފަހު، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަކީ ވެސް ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށް އަލަށް ހުށަހަޅާ އިސްލާހުގައިވެއެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް