މަޖިލީހުގައި މެމްބަރުން ވޯޓުލާ ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނެ، މެމްބަރުން ކައިރީގައި ވަކިވަކިން ވޯޓަށް އަހައިގެން "ރޯލް ކޯލް ވޯޓު" ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ނިންމަވައިފިއެވެ.
މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ، މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް ކުރިއަށްދަނިކޮށް، ބައެއް މެމްބަރުންގެ ވޯޓިން ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނެ، ކޮމެޓީ މަސައްކަތް މެދުކަނޑާލީ މިއަދު މެންދުރުފަހު 1:45ގައެވެ. އޭގެ 15 މިނެޓް ފަހުން ދޭއް ޖެހިފަހުން، މަޖިލީހުގެ ރައީސް ވަނީ ވޯޓިން ސިސްޓަމް ރަނގަޅުތޯ ބެލުމަށް "ޓެސްޓިން ވޯޓެއް" ނަންގަވާފައެވެ. އެ ވޯޓުގައި ވެސް ބައެއް މެމްބަރުންނަށް ވޯޓު ނުލެވޭ ކަމަށް ބުނެ، މިއަދުގެ ޖަލްސާގައި ދެން ވޯޓު ނަގާނީ "ރޯލްކޯލް ވޯޓު"ން ކަމަށް ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
"ރޯލް ކޯލް ވޯޓު" މަޖިލީހުގައި ނަގަން ނިންމައި، ކޮމެޓީގެ ބައެއް ވޯޓުތަކުގައި މިއަދު ވޯޓު ނަގާފައި ވަނީ ވެސް މެމްބަރުންގެ ކައިރީގައި ވަކިވަކިން ވޯޓަށް އަހައިގެންނެވެ.
"ރޯލްކޯލް ވޯޓު" ކޮމެޓީގައި ނެގުމަށްފަހު، މަޖިލީހުގެ ޖަލްސާގައި ވެސް އެގޮތަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރުމަށް މިއަދު ހަވީރު 5 ޖަހާއިރު ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް:
- ޕާޓީ ބަދަލުކުރުމުންނާއި ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލުން
 - ބޭރުގެ އަސްކަރީ ބަޔަކު ރާއްޖޭގައި ތިބޭނަމަ، މަޖިލީހުގެ ރުހުން ހޯދުން
 - ހިޔާލު ހޯދުމުގެ ވޯޓުން ނޫނީ، ހިޔާލު ހޯދުމުގެ މާއްދާ ބަދަލުނުކުރުން
 
ރޯލްކޯލް ވޯޓު މަޖިލީހުގައި އެންމެ ފަހުން ނަގާފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓުގައެވެ.
		
										
										
		
		
		
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު