އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރުމާ ދެކޮޅަށް މަޖިލިސް ދޮށުގައި އެމްޑީޕީން މުޒާހަރާ ކުރަން ފަށައިފިއެވެ.
ޕޯސްޓަރުތައް ހިފައިގެން ތިބެ، އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ގެންދަނީ މަޖިލިސް ދޮށުގައި މިއަދު މެންދުރު 1 ޖެހިއިރުން ފެށިގެން މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށާއި ގާނޫނުއަސާސީ އިސްލާހު ކުރަންވާނީ، ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.
އެމްޑީޕީ މުޒާހަރާ ކުރަމުންދާއިރު، އެތަނުގައި ސަރުކާރަށް ތާއިދު ކުރާ ސަޕޯޓަރުން ވެސް ދަނީ މުޒަހަރާ ކުރަމުންނެވެ.
މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންދާއިރު، މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީން ގެންދަނީ ދިރާސާކުރަމުންނެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނިވަޑައިގަންނަވާ އެ ކޮމެޓީގެ މުގައްރިރަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ރިޔާސަތުގައި އަބްދުއްރަހީމް އިންނަވައިގެން އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީން ވަނީ އެ ބިލާ ގުޅޭ ގޮތުން، ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް އެ ޕާޓީތައް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައެވެ.
(ތަފްސީލު އަންނަނީ...)
ސިޓީ ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނުގެ މައުލޫމާތު އާއްމުކޮށްފި
ވޭޕް މަނާކުރި ފަހުން، 53،300 ވޭޕް ސާމާނު ހިފަހައްޓައިފި
އައިވީއެފް ހަދަން 50 ފުރުސަތު ހުޅުވާލައިފި
އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މަޖިލީހަށް އިންތިހާބު ވަނީ އަމިއްލަ މަސްލަހަތެއް އިސްކުރާކަށް ނޫން
ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލަށް
ބަލަގަ ތި އެމް.ޑީ.ޕީން ކަންކަންފާސްކޮށް ފައިސާޗާޕްކޮށް މުޅިރާއްޖޭގެ ރައްޔިތުންގެ ބޮލުގަ ދަރަނިއެޅުވިއިރު ކާކުގެޚިޔާލެއްތޯހޯދީ؟ އުޅޭވައްތަރެއް.
ސ.