ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅާ ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ފަށައިފިއެވެ.
ގާނޫނުއަސާސީއަށް ފަސް އިސްލާހެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ.
ބިލު ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ އަސްކަރީ ކަންކަމާ ގުޅޭ ކަންކަން ބޭރުގެ ނުފޫޒެއް ނެތި، މަޖިލީހުގެ ރުހުން ހޯދައިގެން ކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ ޖަބާބުދާރީވުމުގެ އުސޫލު ހަރުދަނާކުރުމަށް ލެވުނު ފަށަލައެއް ކަމަށެވެ.
އެ ބިލުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލުވާލުމާ ގުޅޭ ގޮތުން އޮތް މާއްދާތަކަށް އޭނާ އަލިއަޅުއްވާލައްވާފައެއް ނުވެއެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް:
- ޕާޓީ ބަދަލުކުރުމުންނާއި ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލުން
- ބޭރުގެ އަސްކަރީ ބަޔަކު ރާއްޖޭގައި ތިބޭނަމަ، މަޖިލީހުގެ ރުހުން ހޯދުން
- ހިޔާލު ހޯދުމުގެ ވޯޓުން ނޫނީ، ހިޔާލު ހޯދުމުގެ މާއްދާ ބަދަލުނުކުރުން
އެ ބިލަށް ބަހުސް ކުރުމަށް ރިޔާސަތުން ކަނޑައަޅާފައި ވަނީ ހަތަރު ގަޑިއިރެވެ.
ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލަށް ތާއިދު ކުރައްވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ ބިލު ފާސްކުރުމަށް އެދޭ ކަމަށެވެ. ރާއްޖެ އޮތީ އިގްތިސާދީ ހަތަރު އަނގޮޅިއެއްގެ މެދުގައި ކަމަށާއި އިރުއިރު ކޮޅާ ޔޫޓާން ނަގަން ބޭނުންނުވާނަމަ، އެ ބިލު ފާސްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ހުށަހަޅުއްވާފައެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން، އެމްޑީޕީގެ މެމްބަރުން ވަނީ ބިލާ ދެކޮޅު ހައްދަވާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާއިރު، "މިއަދުން މިއަދަށް" އެ އިސްލާހެއް ގެނައުމަށް "ތެޅިގަންނަ" ސަބަބު ސާފުކުރަންޖެހޭ ކަމަށެވެ. ގާނޫނުއަސާސީ އެއް ދުވަހުން އިސްލާހު ކުރަން އެއްބަސްނުވެވޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"މި ކެތްނުލަވައިގެން އުޅޭ ސަބަބު ރައްޔިތުންނަށް އޮޅުންފިލަންޖެހޭ. ރައްޔިތުންނަކީ މޮޔައިންކަމަށް ދެކިގެން އަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި، ކުއްލިއަށް މުޅި ދުސްތޫރު، މުޅި ނިޒާމު، މުޅި ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅީމާ އިއްޒަތްތެރި ރައީސް އެކަމަކާ އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވޭނެ،" މީކާއިލް ވިދާޅުވިއެވެ.
އެ ބިލާ ދެކޮޅަށް އެމްޑީޕީން އިސްނަގައިގެން މިއަދު މެންދުރުފަހު މަޖިލިސް ދޮށުގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަދު މެންދުރުފަހު 1ގައި މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ދަނީ ގޮވާލަމުންނެވެ.
ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ފެށީ މަޖިލީހުގެ ގަވާއިދުގައި ބިލުގެ މަރުހަލާތައް އަވަސްކޮށްލައިގެންނެވެ. އެގޮތުން ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބަހުސްގެ މަރުހަލާ ވަނީ ފަށާފައެވެ. މިއަދު އެ ބިލަށް ބަހުސްކޮށް، ކޮމެޓީން މަރުހަލާއިން ބިލު ނިންމައިފިނަމަ، ބިލު ފާސްކުރަން ވޯޓަށް އަހާނެއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								