ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ދަފްތަރު ނަމްބަރު 9022 ތޮލާލް މޫސާ އާއި ހދ. ކުމުންދޫ، ރަތްބަގީޗާގޭ ހުޝާމް އިބްރާހިމާއި ހަމަ އެ ގޭ އާދަމް ޝަރީފާއި ގ. ކަޅަގާރިމާގޭ، ހުސެއިން ހައިކަލް ނިޔާޒު އަދި ހުޅުމާލެ ފްލެޓް ނަންބަރު 71-1-04 އަހުމަދު ރިޝްފާންއެވެ.
ފުލުހުން މީގެކުރިން ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައެއް ހުށަހެޅުމުން މިމަހުގެ 11ވަނަ ދުވަހު ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންނަށް ފުރަތަމަ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.
ނަމަވެސް މިއަދު ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ އެ އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ