"ވޭޕް އޮއިލް"ގެ ނަމުގައި އޮޅުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފެހެއްޓި ތަކެތީގައި ޑުރަގެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 14ވަނަ ދުވަހު ކަސްޓަމްސް އިން އެތަކެތި އަތުލައިގަތްކަން ހާމަކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓުން ހަ ފޮށިގަނޑެއް ފެނެއެވެ. މިނިސްޓަރު ވިދާޅުވީ އެތަކެއްޗަކީ "ވޭޕް އޮއިލްގެ ނަމުގައި އޮޅުވާލައިގެން" ރާއްޖެ އެތެރެ ކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.
އެތަކެތި އަތުލައިގަތީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުން މަނާ ކުރުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރި ދުވަހަށްފަހުއެވެ.
ފުލުހުން މިއަދު ބުނީ އެ ޝިޕްމަންޓުގައި ހުރި ތަކެތި ފުލުހުންގެ ލެބޯޓްރީން ޑްރަގަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އަދި އެ ތަކެތީގެ ނަތީޖާއިން އެއީ މަސްތުވާތަކެތި ނޫން ކަމަށް ދައްކާފައިވާ ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ރާއްޖޭގައި ވޭޕް ބޭނުންކުރުން ވެސް މަނާ ވާނެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު