ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރީބައިވެރިވިކަމުގެ ދައުވާ އެވެ. ނަމަވެސް ޝަރުތުތަކަކާއެކު ލަމްހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފަ އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.
މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ދޫކޮށްލައިފަ އެވެ. އޭރު ހައި ކޯޓުން އޭރު އެންގީ އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.
ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލިއިރު، އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ