ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ބީޗަށް މޫދަށް އެރުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 15ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ސޯޝަލް މީޑިއާގައި އެ ވާހަކަ މީހަކު ވަނީ ފެންމަތި ކޮށްފައެވެ. ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯއާއެކު އެ ވާހަކަ ހިއްސާ ކުރި މީހާ ބުނެފައި ވަނީ އޭނާ ވަނީ ކުދިން ކައިރީގައި އެކަހަރި ހިސާބުތަކަށް ދާން އެމީހާ ބުނާ ކަމަށެވެ. އަދި ކުދިންގެ ނުރުހުމުގައި ވެސް ކުދިންގެ ގައިގާ އެމީހާ އަތްލާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ