ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާ އުވާލަން ހައި ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއަކުން ވަކިކޮށްފިނަމަ ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.
ގާނޫނުގެ އެ އުސޫލުތައް ކައުންސިލް މެމްބަރުންގެ މައްޗަށް ވެސް ހިނގަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ރައީސްއަރިހުންމިއެދެނީ ރިސްވަތައްދުވާ މެމްބަރުންނަށް ފުރުސަތުނުދެއްވުމަށް
އިއްބެ