ސިޔާސީ ވެގެން އެއްވެސް ފަރާތަކަށް މި ސަރުކާރުން އަދަބެއް ނުދޭނެ ކަމަށާއި އެފަދަ ބޭބޭފުޅުންގެ މައްސަލަތައް ބެލުމަށް ވަކިވަކި ކޮމިޝަންތައް މި ސަރުކާރުން ނުހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ފުރަތަމަ ދުވަހުވެސް ރައްޔިތުން ގާތުގައި ވާހަކަތައް ދެއްކެވި ގޮތަށް އެއްވެސް "ބަދަލެއް" ނެތި ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު އެއްވެސް ސިޔާސީ ފަރާތަކަށް އަދަބެއް ދެއްވާފައި ވޭތޯ ސުވާލު ކުރައްވަވާފައެވެ.
"ނުދެން. [އަދަބެއް] ނުވެސް ދޭނަން. އަޅުގަނޑަށް ހެވޭ ކިތަންމެ ވަރަށް ވާހަކަދެއްކެވިއަސް މައިކު ހިފައިގެން ވިއަސް ޕޯޑިއަމްގައި ވިއަސް ސޯޝަލް މީޑިއާގައި ވިއަސް ޓީވީތަކުގައިވިއަސް ހަމަ ކުރިޔަށް ވަޑައިގަންނަވަންވީ. އަޅުގަނޑު އަދަބެއް ނުދޭނަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނާ ގަވާއިދާއި ހިލާފު ކަމެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، އެކަމެއް އެ އޮންނަ އުސޫލަކުން ބަލާނެ ކަމަށެވެ.
"މިއީ ގާނޫނުއަސާސީއެއް އޮތް ތަނެއް. ގާނޫނުގެ ވެރިކަން ހިންގާ ތަނެއް. ގާނޫނުގެ ވެރިކަން ކޮންމެ މީހެއްގެ މައްޗަށް ވެސް ހިނގާނެ. އެހެންވީމާ އަދަބު އަޅުގަނޑުމެން ދޭނީކީއެއް ސިޔާސީ ވެގެނެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބައެއް ސިޔާސީ ބޭފުޅުން ބަދަލު ހިފާ ހިތުން ވަރަށް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ބޭނުންފުޅު ވަނީ ބަދަލު ހިފުމުގެ ރޫހު ނައްތާލާ ގައުމަށް ހަމަޖެހުން އަންނަން ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު