އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ސަރުކާރުން ދެމުން އަންނަ އަސާސީ ޕެންޝަން ސަރުކާރުން ކަނޑަން އުޅޭ ކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ފަރާތެއްގެ ޕެންޝަނެއް ކަނޑަން ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
"އާދެ އަޅުގަނޑަށް އަންނަ ޝަކުވާއެއް މިސް އަންޑަސްޓޭންޑިން އެއް ކަންނޭނގެ. ނޫނިއްޔާ ހަމަ ދޮގު ހަދާ މީހުންގެ ދޮގު ހެދުމުގެ ތެރެއިން އަންނަ ކަމެއް އަޅުގަނޑުމެން ޕެންޝަން ވެސް ކަނޑާލަންށޭ މިއަންނަ އަހަރު އުޅެނީ. ނޫން އެއީ އެއްވެސް ގޮތަކަށް ހަގީގީ ވާހަކައެއް ނޫން. އެއްވެސް މީހެއްގެ 65 އަހަރު ވެގެން އެލިބޭ ޕެންޝަނެއް އަޅުގަނޑުމެން އުންޏެއް ނުކުރާނެ. ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި އުމުރުން 65 އަހަރުވުމުން ސަރުކާރުން ދެމުން އަންނަ އަސާސީ ޕެންޝަނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނައިފައެވެ.
ދެމެހެއްޓެނެވި ގޮތެއްގައި ޕެންޝަން ނިޒާމު ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން އިނާޔަތް ވެސް ފޯރުންތެރި ކަމަށް ބަލައިގެން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށްވެއެވެ.
 
		 
										
										 
		 
		 
		 ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް
														
							
								ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް								 ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި
														
							
								ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި								 ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
														
							
								ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް								 ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
														
							
								ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ								 ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
														
							
								ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް								