ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން އުވާލުމަށްފަހު އެޕާޓީއެއްގެ ކުލަ އެހެން ސިޔާސީ ޕާޓީއަކަށް ބޭނުން ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ބަޔާންކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އެ ބިލު ދިރާސާ ކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. މުޅި މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާ ކުރިއިރު ބިލަށް ދެ އިސްލާހެއް އިތުރުކުރިއެވެ.
އިތުރު ކުރި ދެ އިސްލާހު:
- ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ހާލަތެއްގައ،ި އުވާލާފައިވާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުން ކުރެވޭނ،ީ އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ.
- ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30ވަނަ މާއްދާގެ ހަތަރުވަނަ ނަންބަރުގައި ބުނެފައިވާ ކޮންމެ 5 އަހަރަކުން 1 ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބާއްވައިފި ނަމަ ސިޔާސީ ޕާޓީއެއް އުވޭނެ ކަމަށް ބުނެފައިވާ ނަންބަރު އުވާލުން
ބިލުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށް ކަމަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކ،ީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ