ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ފެނިގެން ދަނީ އެއްވެސް އުއްމީދެއް ނެތް އަދި އަމާޒެއް ނެތް ސަރުކާރެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ކުރީގެ ރައީސް ސޯލިހް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުން މާޔޫސް ކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިއަދު ބިރުވެރި ކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސޯލިހް ފާހަގަކުރެއްވީ އެންމެ ފުރަތަމަ ވެސް މި ސަރުކާރުން ކުރަން ފެށި މަސައްކަތަކީ ނޫސްވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ. އެގޮތުން ސަރުކާރަށް އަހަރުވެގެން ދިޔައިރު ފެނިގެން ދަނީ ސަރުކާރުގެ ބާރުގެ ދަށަށް މީޑިއާތައް ގެނައުމަށް، ގާނޫނީ ގޮތުން އެ ބާރު ނެންގެވުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
"ހުރިހާ ބާރުތަކެއް އޭގެ ދަށަށް [މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު] ގެނެސްފައި މިއޮތީ،" ސޯލިހް ވިދާޅުވިއެވެ.
އިތުރު ދާއިރާއަކަށް އަލިއަޅުއްވާލައްވަމުން ސޯލިހް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރިން އެންމެ ހާލުގައި ޖެހުނީ މި ސަރުކާރުގައި ކަމަށެވެ. މަސްވެރިންނަށް ވީ އެންމެ ވައުދެއް ވެސް ފުދިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮބައިތޯ ޓޫރިޒަމް ސެކްޓާ އަށް މިއަދު ކުރިމަތިވެފައި މިއޮތް ހާލަތު، ކޮބައިތޯ ޓެކްސީ ޑްރައިވަރުން. ރައްޔިތު އާދައިގެ މީހާގެ ސިއްހީ ފަރުވާ އަށް ސަލާން ޖަހަން ޖެހިފައި މިއޮތީ،" ކުރީގެ ރައީސް ވިދާޅުވިއެވެ.
ސޯލިހް ސިފަ ކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ވީ ވައުދާ ހިލާފަށް ދޮގުތަކެއްގެ މައްޗަށް ހިނގަމުން ގެންދާ ސަރުކާރެއްގެ ގޮތުގައެވެ.
ދިވެހީންގެ ދުޅަހެޔޮކަން، ބިދޭސީންގެ ދުޅަހެޔޮކަމާ ގުޅިފައިވޭ
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީ ހިންގާ އެކަކަށް ވަޅިން ހަމަލާދީފި
ހިތުހުރިހާ ގޮތަކަށް ސަރުކާރުން ކަންކުރަން ފުރުސަތެއް ނުދޭނަން: ގަފޫރު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަފޫރު އިންތިހާބުކޮށްފި
ލިޔެކިއުންތައް ފަޒުލް ނައްތާލިކަމަށް ބާރުދޭ ހެއްކެއް ނެތް: ޕީޖީ
ޝާހިދު އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި
ތިބާ ގެ އަމާޒަށް މި ޤައުމު ދަތުރު ކުރުމުން މި ޤައުމަށް ވީ ގޮތް ފެނިއްޖެ. ދެން ހެޔޮ
ގުލާބީ