ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަފްކުރެވޭ ހިދުމަތްތަކާއެކު، ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލް ބަދަލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އާއި އައިސީޔޫ އެންއައިސީޔޫގެ އިތުރުން ސީއެސްޑީ ހިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވާފައެވެ.
އެ ހިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތައާރަފް ކުރި ހިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައި، އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އާއި އައިސީޔޫ އެންއައިސީޔޫ އަދި ސީއެސްޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ހިދުމަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިން ލައިސަންސް އެ ހޮސްޕިޓަލާ ވަނީ ހަވާލުކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް