ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އާލީ ވޯނިންގްސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް މުއިއްޒު ވަނީ ފަހުގެ ތާރީހުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީޘާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ގާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން އާންމު އިންޒާރު ދޭ އުސޫލު، ނުވަތަ ކޮމަން އެލާޓިންގް ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އާލީ ވޯނިންގްސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓްގައި ތަގުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ވަސީލަތްތަކުގެ އެހީތެރިކަން، އަދި ވަކިން ހާއްސަކޮށް، މެރީން ފޯކާސްޓިންގްގެ ރޮނގުން އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި