އެންމެ ފަގީރު އާބާދީގެ 20 ޕަސެންޓު މީހުންނަށް ކޮންމެ މަހަކު 2،450 ރުފިޔާ ދިނުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޖެޓު ފޮތުގައި ބުނެފައި ވަނީ ސަބްސިޑީގެ އައު ސިޔާސަތު އެކުލަވާލާފައި ވަނީ ސަބްސިޑީގެ ސިޔާސަތު މުރާޖާ ކުރުމުން އެންމެ ފަގީރު ގޭބިސީތަކަށް އެކަމުން ކުރާ ނޭދެވޭ އަސަރު ކުޑަ ވާނެ ގޮތަށް ކަމަށެވެ.
އެގޮތުން އެންމެ ފަގީރު 20 ޕަސެންޓުގައި ހިމެނޭ ގޭބިސީތަކުގެ ހަރަދު މަހަކު، އެވްރެޖުކޮށް ގާތްގަނޑަކަށް 1،770 ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް ކޭޝް ޓްރާންސްފާގެ ގޮތުގައި އެ ގޭބިސީތަކަށް މަހަކު އެވްރެޖުކޮށް ގާތްގަނޑަކަށް 2،450 ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓު ފޮތުގައިވެއެވެ.
"އެހެންކަމުން މިހާރު ރާވާފައިވާ ގޮތަށް މި ނިޒާމު ބަދަލު ބަދަލުކޮށްފި ނަމަ، އާމްދަނީގެ ގިންތީގެ ނިސްބަތުން 20 އިންސައްތައިން ދަށުގެ ގޭބިސީތަކުގެ ހަރަދު އިތުރުވާ މިންވަރަށްވުރެ އެ ގޭބިސީތަކަށް ސަބްސިޑީގެ ގޮތުގައި ލިބޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ،" ބަޖެޓު ފޮތުގައިވެއެވެ.
ސަބްސިޑީ ލިބޭ އެހެން ފަރާތްތަކަށް އަގުތަކަށް އަންނާނެ ބަދަލުތަކާއި ގުޅިގެން ކުރާނެ ނޭދެވޭ އަސަރު ކުޑަ ކުރެވޭނެ ކަމަށް ވެސް ބަޖެޓު ފޮތުގައިވެއެވެ. މިއީ ދައުލަތުގެ ބޭނުންތެރި ކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިސްކަންދެވޭ އެފަރާތްތަކަށް ސީދާ ގޮތުން މަންފާ ލިބޭނެ ނިޒާމެއް ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ފަގީރު މީހުންނަކީ ކޮބާ؟ މިދިޔައަހަރު ހައްޖަށް ފޮނުވީ ފަގީރުންތޯ؟ ދެންވެސް ހަދާނީ ހަމަ އެހެން.
ސ.