ރޭވުންތެރިކަމާއެކު ސަރުކާރާ ދެކޮޅަށް އަވަހަށް މަސައްކަތް ފަށަން ޖެހޭ ކަމަށް ފާއިތުވި ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވި އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން މިރޭ އާޓްފިޝަލް ބީޗުގައި "ފުދިއްޖެ ފުނޑިއްޖެ" އެ ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަން ހާމަ ނުކުރާ ކަމަށާއި އެހެންނަމަވެސް އެމްޑީޕީން އެކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. މިސާލެއް ނަންގަވަމުން ސޯލިހް ވަނީ ދާދިފަހުން ފެށި ބަންކަރިންގެ ހިދުމަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ވަނީ ސޮއިކޮށްފައެވެ. މި ކުންފުންޏަކީ މިހާރުވެސް ބޮޑެތި ބައެއް ގައުމުތަކުގައި ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އަދި ބަންކަރިންގެ ހިދުމަތް ދެމުން ދަނީ ވިޓޯލްއާ އެކު އެސްޓީއޯ އިން "ޕްރޮފިޓް ޝެއަރިން މޮޑެލްއެއް" ދަށުންނެވެ. ސޯލިހް ތުހުމަތު ކުރެއްވި ގޮތުގައި ބަންކަރިންގެ ހިދުމަތުން ވިޓޯލް ކުންފުންޏަށް ބޮޑު ފައިދާއެއް ލިބޭނެއެވެ. އަދި އެކަމުގައި އިތުރު ބަޔަކަށް މަންފާތަކެއް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
"މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ބަލަން ޖެހޭނެ. އަޅުގަނޑުމެންނޭ [އެމްޑީޕީގެ ސަރުކާރު] ކިޔައިގެން ދައްކާ ވާހަކަތައް... ބައްލަވަން ވީނޫންތޯ. ޖަވާބުދާރީ ނުވެވޭނެ އެއްކަމެއް ވެސް ނޯންނާނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ،" ކުރީގެ ރައީސް ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވަނީ މިވަގުތަކީ އެންމެން އެކަތިގަނޑަކަށްވެ، އެކުގައި ނިކުންނަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން އެއްވެސް ކަމެއް ހާމަނުކުރާ ކަމަށާއި މީޑިއާތަކަށް ހުރަސް އަޅަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީ އަކީ އަނެއްކާވެސް ރައްޔިތުންގެ ހައްގުގައި ނިކުންނާނެ ޕާޓީއެއް،" ސޯލިހް ވިދާޅުވިއެވެ.
ސަރުކާރުން ހުރިހާ ބާރެއް ޖަމާ ކުރަމުން އަންނަ ކަމަށާއި މިއަދު ފެންނަމުން ދަނީ ހުދުމުހުތާރު ވެރިކަމާއި ދިމާއަށް ރާއްޖެ ދަތުރު ކުރާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސޯލިހް ވަނީ އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަކިކޮށް، މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނާއިބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެވޭ ގޮތަށް އިސްލާހު ކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.
މިރޭގެ ޖަލްސާ އަކީ އެމްޑީޕީގެ އަތުން ވެރިކަން ގެއްލުމަށްފަހު އެޕާޓީން މިފަދަ ގޮތަކަށް ބޭއްވި ފުރަތަމަ ބޮޑު ޖަލްސާއެވެ. ނަމަވެސް އެޕާޓީން އަންނަނީ ކޮންމެ ހަފްތާއަކުހެން ހަރުގެ ޖަލްސާ އާއި އެނޫންވެސް ބައެއް އެހެން ފޯރަމްތައް ބާއްވަމުންނެވެ.
މީ ރައްޔިތުން ގެނައި ސަރުކާރެއް. ސަރުކާރާ ދެކޮޅު ވުމަކީ ރައްޔިތުންނާއި ދެކޮޅުވުމެއް. އެމްޑީޕީ ފިކުރަކީ އަަބަދުވެސް ހަލާކު ކުރަނިވި ފިކުރުކަން ވަރަށް ސާފު. ކަމެއް ގޯސްވާ ނަމަ، ސަރުކާރާއި ގުޅިގެން އެކަމެއް ރަނގަޅުކުރޭ!
ބަޗީމޑޕ ވެރިކަމުގެސަބަބުން ރާޖެއަށް މިނިކާމެތިކަންއައީ އަސްލު ދެން މިސަރުކާރުން މިއުޅެނީ ރައްޔިތުންގެދިޔަފެލާގެން ސަރުކާރުހިންގަން މައުމޫނު އިރުގަޔާ ޔާމީނު އިރުގަ އެކިނަންނަމުގާ ޓެކުސް ނަގާ ރައްޔިތުން ބިކަކޮއްފައެއް ނުވޭ
ވނޫނޭ ލަދު ހަޔާތް ކުޑަ މީހުންވެސް އުޅޭ މިވަރެއް ނޯންނާނެ މީ އަޅެ ބުއްދި ހަމަޖެހޭ ބަޅެއްތަ ކީކޭބުނާ.ނީ ދޯ މިވެސް އިންސާނުން ތެރޭ އުޅޭ ވައްތަރެއް ދޯ ލަދެއް ހަޔާތެއް ވެސް މި ޗޯރުގެ ނެތީދޯ
އަސްލޭ