އުމުރުން 65 އަހަރުވުމުން ސަރުކާރުން ދެމުން އަންނަ އަސާސީ ޕެންޝަނަށް ބަދަލުތަކެއް ގެނައުމަށް އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، އެ ޕެންޝަނަށް ކުރަން ޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުވެސް އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް އަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ދެމެހެއްޓެނެވި ގޮތެއްގައި ޕެންޝަން ނިޒާމު ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ބަޖެޓު ފޮތުގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން އިނާޔަތް ވެސް ފޯރުންތެރި ކަމަށް ބަލައިގެން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށްވެއެވެ.
މީގެއިތުރުން ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރާ ފަރާތްތަކަށް މިދިޔަ އަހަރު 298 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ އަދަދު އަންނަ އަހަރު 325.6 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރައީސުންނާއި މެންބަރުން ވަކިވީމަ ތިދޭ އިނާޔާތްތައް ދިނުން ހުއްޓާލާ
ރައްޒާޤްސަރުކާރުން ހަރަދު ބޮދުވެގެން ނޭމިހާރު ކިޔަނީ އުރުން ދުވަސްވި މީހުނައް ދެމުން އަންނަ 5000 ރުފިއާ ކަނދާލަނވެގެން މުސްކުލިންނައް ދޭ 5000ރުފިޔާ ލިބޭތީ ތަންކޮލެއް ތަނަވަސްކޮއް އެމީހުން އުލެމުން އަންނާތީ ދައުލަތުގެ ހަރަދު ބޮޑުވެގެން އުލޭކަމައް މިހާަަރު މިވަނީ ވޭޕުބޯތީ މީހުން މަރުވާކަމައް ވަނީ އޭވެސް މަނާކުރި ގޮތައް މުސް ކުލިންނައް ދެމުން އަންނަ ލާރިކޮލު ވެސް ކަދަން އެވިސްނީ މިހުރިހާ ކަންތައް ކުރާއިރު މަސްތު ވާތަކެތި ބޮއިކާއިގެން އުލޭމީހުން ސަލާމައި ކުރެވޭ ގޮތެއް ނުވި ޑުރަގު މަނާނުވެވުން ޑުރަގު ހައްތާ
މޫސާމުހައް މަދު