ފުލުހުންގެ ވެލްފެއާ ނިޒާމު އުވާލުމަށް ނިންމާފައި ނުވާ ކަމަށް ފުލުހުންގެ އިސް ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިފަދައިން ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު ދެމުން އަންނަ ވެލްފެއާ ސްކީމު ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރުމަށް ނިންމައި، އެކަން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައި ވަނިކޮށެވެ.
ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ވެލްފެއަރގެ ނިޒާމު އުވާލަން ނިންމާފައި ނުވާ ކަމަށެވެ. އިތުރު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ މެޑިކަލް ސްކީމްގައި ހަރަދު މަދުކުރުމަށާއި އެފިޝަންސީ އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ރިވިއުއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުންނަށް ދެމުން އަންނަ އެއްވެސް އިނާޔަތެއް އުނި ކުރުމަށް، ފުލުހުންގެ މިހާރުގެ ލީޑާޝިޕުން ވިސްނާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ވެލްފެއާ ނިޒާމު ރީސްޓްރަކްޗާކޮށް ޒިންމާދާރުކަމާއި ހަރުދަނާކަން ކަށަވަރުކޮށް، ފުލުހުންގެ މުވައްޒަފުންނަށް ލިބިގެން ދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުގައި މި އަހަރު ވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ވަނީ 322 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި މިހާރު އޮންނަ ވެލްފެއާ ސްކީމަކީ ހަރަދު ބޮޑު ސްކީމެއްކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސަރުކާރުން ނިންމާފައި ވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރުމަށެވެ. ޕްރައިވެޓް ސްކީމު ހަމަވުމުން އާސަންދަ ހަމަޖެހިގެން ދާނެއެވެ.
ޕްރައިވެޓް އިންޝުއަރެންސް އަކަށް މި ނިޒާމް ބަދަލުކޮށް، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަމަލު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް