އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަނެއްކާވެސް ބަންދުން ދޫކޮށްލަަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީގެ ފިރިމީހާ މާވިން އެސްވައިއާ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނާ މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެގޮތަށް ނިންމީ ޝަރީއަތް ނުނިމި ލަސްވެފައިވާތީ އޭނާގެ ފަރާތުން މިދިޔަ ހަފުތާގައި އެގޮތަށް އެދުމުންނެވެ. ލަމްހާ ދޫކޮށްލީ މާލެއިން ބޭރަށް ނުދިއުމަށާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމުގެ އިތުރުން ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށެވެ.
ލަމްހާ ބަންދުން ދޫކޮށްލަން މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން އެންގި އެވެ. އެގޮތަށް އަމުރު ކުރުމުން ހައި ކޯޓުން އޭރު ވަނީ އެ ނިންމުން ބާތިލްކޮށް، ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ލަމްހާ ދޫކޮށްލި ނަމަވެސް، އެ މައްސަލާގެ ތުހުމަތު ކުރެވޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި