ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު ދެމުން އަންނަ ވެލްފެއާ ސްކީމު ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުގައި މި އަހަރު ވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ވަނީ 322 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި މިހާރު އޮންނަ ވެލްފެއާ ސްކީމަކީ ހަރަދު ބޮޑު ސްކީމެއްކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސަރުކާރުން ނިންމާފައި ވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރުމަށެވެ. ޕްރައިވެޓް ސްކީމު ހަމަވުމުން އާސަންދަ ހަމަޖެހިގެން ދާނެއެވެ.
ޕްރައިވެޓް އިންޝުއަރެންސް އަކަށް މި ނިޒާމް ބަދަލުކޮށް، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަމަލު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން