ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކޮށްފައެވެ.
މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.38 ގްރާމެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ