ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަށް ހިތްވަރަކާ އެކު މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސާލިހު ވިދާޅުވީ ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށާއި ޤައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމަށެވެ.
ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވެފައި މި ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަމުންދަނިކޮށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ރައީސް މުއިއްޒަށް ލިބިދޭ ގޮތަށް ގާނޫނު ބަދަލު ކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް ކުރީ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓު އަލުން އެކުލަވާލުމާއި މާލެ ރައްޔިތުންނަށް ގުޅިފަޅާއި ގިރާވަރުން ލިބުނު ގޯތިތައް ދޫނުކޮށް ހިފަހައްޓާފައިވުމާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާތީ، ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީން ދަނީ ގޮވާލަމުންނެވެ.
އެގޮތުން މާދަމާ ރޭ އާޓްފިޝަލް ބީޗުގައި އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ، "ފުދިއްޖެ، ފުދިއްޖެ" ނަމުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ