ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުޙައްމަދު (4އ) ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު ހަވީރު 4:45 އެހައިކަންހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށެވެ. ކުއްޖާ ލައިގެން ހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. ެ
އިޒްޔާން ހުޝާމް މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ