ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ގައުމާ ފުރަތަމަ ފަހަރަށް މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވި ފަދައިން، ރާއްޖޭގައި ގާއިމްކުރާ އާބަން ސެންޓަރުތައް ރައީސް ކަނޑައަޅުއްވައިފިއެވެ.
ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީގައި، ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި ތަރައްގީގެ މަސައްކަތް ކުރިއަށް ދާނީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ. އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފްހޫމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމަށްޓަކައި މެދު ރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ" ރައީސްގެ ތަގުރީރުގައި އެދުވަހު ވިދާޅުވިއެވެ.
ރައީސްގެ އެ ވައުދު ފުއްދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ކަނޑައެޅުމުގެ ގާނޫނީ ބާރު ދޭ އާބަން ޑިވެލޮޕްމަންޓް ބިލުގެ ނަމުގައި ބިލެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ވިލިނގިލީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާޒިމް އަބްދުލް އަޒީޒު ހުށަހަޅާފައިވާ އެ ބިލުގައި އާބަން ރީޖަންތައް ކަނޑައެޅުމާއި އެ ތަންތަން ތަރައްގީކޮށް ހިންގުމުގެ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިްޔާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އެ ބިލުގައި ރާއްޖޭގެ ސަރަހައްދުތައް ތިން ބަޔަކަށް ބަހާލައެވެ. އެއީ މެޓްރޮޕޮލިޓަން ސަރަހައްދާއި އާބަން ރީޖަން އާއި އާބަން ސެންޓަރުތަކެވެ. މި ސެންޓަރުތައް ކަނޑައަޅާ ބައި ކުރަނީ އާބާދީއަށް ބެލުމަށްފަހުއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ރައީސް މުއިއްޒު ހަތް އާބަން ސެންޓަރުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
އާބަން ސެންޓަރުގައި ސިއްހީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ހިދުމަތް ދެވެން ހުންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން އެކި ކަހަލަ ތެރެޕީތައް ވެސް ދެވޭނެ ކަމަށް އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އަދި ތައުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ގާއިމުކުރައްވާނެ ކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހެދިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								