ރާއްޖޭގައި ގޭންގު ކުށްކުރާ މީހުންނާއި މެދު ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރޭ ހުޅުމާލޭގައި 12 މީހުންގެ ގޭންގަކުން މީހަކު ރަހީނުކުރިއެވެ. އަދި ފުލުހުން ވަނީ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހިޔާ ފްލެޓުގެ އެޗް 9ވަނަ ފްލެޓުގެ އެޕާޓުމަންޓުގެ ދޮރު ވައްޓާލާ އެމީހާ ސަލާމަތް ކޮށްފައެވެ.
އެ އޮޕަރޭޝަނު ނިމުމުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައޖ ގާނޫނުތައް ހެދިފައި ހުރީ ކުށްކުރާ މީހުން ސަލާމަތްކުރުމަށް ހެދެންހުރި ހުރިހާ ގޮތަކަށް ކަމަށެވެ. ކުށް ހުއްޓުވުމަށް އުޅޭ ފާރާތްތަކުން ކުށް ހުއްޓުވަން އަދި އެފަދަ މާހައުލެއް ދުރުކުރަން ގާނޫނު ބައްޓަންކުރުމުގެ ވިސްނުން އޮތްތަނެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށަ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ގާނޫނުތަކަށް އިސްލާހހ ގެންނާނެ ކަމަށާއި ބަލަން ބޭނުންވަނީ ސަރުކާރުން ގާނޫނަށް ހުށައަޅާ އިސްލާހުތައް ވުޖޫދުވެ އަމަލީ ސިފަ އަންނަ ދުވަސް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގައި ކުށްކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ފްލެޓްތަކުގައި ގޭންގުތަކާއި މަސްތުވާތަކެތީގެ އައްޑާގެ ގޮތުގައި ހިންގާ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
ފުލުހުން ރޭ ބުނޫ މީހާ ރަހީނުކޮށްފައިވާ ތަނަށް ފުލުހުންނަށް ވަދެވުނުއިރު ރަހީނު ކޮށްފައިވާ މީހާގެ އިސްތަށިގަނޑު ކޮށާލާފައިވާ ކަމަށާއި ފުލުހުންނަށް ވަދެވުނީ އެމީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާ ހިނގި ތަނަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ތަނެއްކަން ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެއްކަ މެއްވެސް ނުކުރެވޭނެ! ފޮނިކެނޑިދާ ނެ!
ބޭބެ