ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ބޮލުގައި މަރުތޭލަކުން ޖަހައި, ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރުތޭލަކުންޒަރީރުގެ ބޮލަށް ހަމަލާދިނުމުން ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އެ މައްސަލާގައި ދައުވާކުރީ މއ. ނައިޓްވިލާ އިބްރާހިމް (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށެވެ. އެ މައްސަލާގައި ގައްބަރޭގެ މައްޗަށް ކުރީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ދެން ތިބި ދެ މީހުންނަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ވީޑިއޯ ފުޓޭޖްތަކުން, ޒަރީރަށް ހަމަލާ ދިނުމުގައި ތިން މީހުން ބައިވެރިވިކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ