ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު އިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.
މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް