ރާއްޖެ އަށް ޓީޗަރުން ލިބުމުގައި ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށް މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކުރި މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތައުލީމީ ދާއިރާގައި ދޭސީ މުދައްރިސުން އިތުރުކުރުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީނުކުރުމުގެ ކޯހުގައި ދަރިވަރުން ބައިވެރިވާ 21 ސްކޫލަކާ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މި ތަމްރީނު ޕްރޮގްރާމްގައި މި 21 ސްކޫލުން ޖުމްލަ 135 ދަރިވަރުން ބައިވެރިވާނެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން މިއަދު ފެށިގެން ދިޔަ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ސަބަބުން މަތީ ސާނަވީ ތައުލީމު ނިންމައި ވަޒީފާގެ މާހައުލަށް ނިކުންނަ އެތައް ދަރިވަރުންނެއް ދޭސީ މުދައްރިސުންގެ ގޮތުގައި ތައުލީމީ ދާއިރާގައި ހިދުމަތް ކުރުމުގެ މަގުފަހިވެ، ތައުލީމީ ދާއިރާއަށް ދޭސީ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ