އަންނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި ބޯހިޔާވަހިކަމަށް މި ސަރުކާރުން ދޭ އިސްކަން ދެގޮތެއް ނެތި ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއްއިޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއީ ގެދޮރުވެރިކަމުގެ، ބޯހިޔާވަހިކަމުގެ ބަޖެޓެއް. އަޅުގަނޑު ބޭނުންވަނި ސަރުކާރުގެ ޕްރިއޯރިޓީތައް މި ތަރުތީބުން ޕްރިއޯރަޓައިޒް ކުރަން. ގެދޮރުވެރިކަން އެންމެ މަތީގައި. ދެގޮތެއް ނެތި، ސުވާލެއް ނެތް ސިޔާތެއް އެއީ،" ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެއްވާފައި ވާނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި "ނިއު ޕޮލިސީ އިނީޝިއެޓިވް" ތެރޭގައި އޮންނާނީ ގެދޮރުވެރިކަމުގެ ވަޢުދު ފުއްދެވުމާއި ގުޅުންހުރި މަޝްރޫޢުތައް ކަމަށެވެ. އެގޮތުން، ހިޔާވެހި ފައިނޭންސިންގ ސްކީމަށް، އެއް ބިލިޔަން ރުފިޔާ އަދި ސަރުކާރުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ގެދޮރު އެޅުމަށް ކަނޑައަޅުއްވާފައިވާ އެކެއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާއާއެކު، ޖުމުލަ ދޭއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާ، 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެކަށައަޅުއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އިސްކަންދޭ ކަންތައްތައް ތަރުތީބުކުރާއިރު، މިނިވަންކަމާ ގުޅިފައިވާ ޤައުމީ މައްސަލަތައް ފިޔަވައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށް، ރައީސް ވިދާޅުވިއެވެ. މިއީ، ދެ ގޮތެއް ނެތް، ސުވާލެއްނެތް ސިޔާސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ސިޔާސަތު ދަމަހައްޓަވާނޭކަމުގެ ޔަޤީންކަންދެއްވާފައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								