އެގާރަވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި "އޯޑިއޯ ވީޑިއޯ" ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައިވާ "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީ އަށް ދިން އެވޯޑާއި މެދު ގޮތެއް ނިންމަން މޯލްޑިވްސް މީޑިއާ ކައުންސިލް އިން މިއަދު ބޭއްވި ކުއްލި ޖަލްސާގައި ނިންމައިފިއެވެ.
މިއަދު ބޭއްވި ކުއްލި ޖަލްސާ އިން ދެ ކަމެއް ވަނީ ފާސް ކޮށްފައެވެ. އެއީ 11ވަނަ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން އެ އެވޯޑާ ގުޅުންހުރި ހުރިހާ ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯދައި އެ އެވޯޑު ހަފްލާއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާއި ގުޅޭ ރިޕޯޓެއް ނެރުމަށް ވަނީ ފާސްކޮށްފައެވެ.
އަދި އެންމެ ގިނަ ބައެއްގެ ކަންބޮޑުވުންތައް އަމާޒުވެފައިވާ ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓަގަރީން "އަދަދު" ނޫހަށް ލިބުނު އެވޯޑާއި މެދު ގޮތެއް ނިންމުމަށް ވަނީ ފާސްކޮށްފައެވެ.
"އަދަދު" ނޫހުގެ ޑޮކިއުމަންޓްރީ އަށް އެވޯޑު ދީފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑު ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް އެވޯޑްތަކަށް އިންސާފު ކޮށްދިން ފަނޑިޔާރުންގެ ޕެނަލުން ވެސް ވަނީ ރޭ ވިދާޅުވެފައެވެ.
އެ ދާއިރާ އިން އެވޯޑު ލިބިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، "ޖީ ސްކީލާން" ކިޔައިދިން ވާހަކަތަކުގެ މައްޗަށް "އަދަދު" ނޫހުން ތައްޔާރުކުރި ތަހުގީގީ ޑޮކިއުމެންޓްރީއަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ