މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަކީ ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ގެންދާތީ އެފަދަ ކަންކަމުގައި ސަރުކާރުން ދެކޭ ގޮތް ހާމަކޮށްފިއެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ. މިއީ މިފަދަ ކަމެއްގައި ދިވެއްސަކު ބައިވެރިވި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން އަންނަނީ ފާޑު ކިޔަމުންނެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމަކީ އަދި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާއްމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ހިލާފު ކަންކަމަށްވާއިރު ރާއްޖެ ތަމްސީލު ކުރުމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިއުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ،" ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ އެ ހަރަކާތުގައި ބައިވެރިވާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލައިފައެވެ. އެ ބަޔާނުގައި އެފަދަ ކަންކަމަކީ ދިވެހި ސަރުކާރުން އެއްބާރުލުން ދޭނެ ކަންކަމެއް ނޫން ކަމަށް ބުންޏެވެ. އަދި އެއީ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ބަޔަކު ދައްކަން މަސައްކަތް ކުރާތީ އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ގޮވާލައިފައިވެއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
ކަސްބީން ޕްރޮމޯޓްކުރުމަކީ މުސްލިމުން ކުރާކަމެއްގެ ގޮތުގަ ދެއްކުމަށާއި، ސަރުކާރާ ގުޅުވުމަށް ލާދީނީބައިގަޑަކުން ކުޅޭ ޑްރާމާއެއް.
ފޯޅަވަހިކައުންސިލް