ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން އިއުލާންކުރި ފްލެޓް ލިސްޓު ބާތިލުކޮށް، އާ ލިސްޓު އާންމު ކުރުން އަންނަ މަހަށް ފަސްކޮށްފިއެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ ދެ ވަނަ ހަފްތާގެ ނިޔަލަށް ނިންމޭނެ ކަމަށެވެ.
"މި މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެންބަރު މަހުގެ ދެ ވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން އިއުލާންކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް، އެކުލަވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ރައީސް އެކުލަވާލެއްވި "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުވަލާވި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" ނިންމާފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމި 4،000 ފްލެޓުގެ 32 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ ސްޓްރަކްޗަރ ވަނީ ނިންމާފައެވެ. އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތްކޮށްފައިވެއެވެ. އެ ފްލެޓުތަކަށް 20،000 ވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ކުރިމަތިލި އެންމެންގެ ފޯމުތައް މި ސަރުކާރުން ދަނީ ރީ-އިވެލުއޭޓް ކުރަމުންނެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު